އެމްޑީއެންގެ ދިރާސާ، ދިރާސާކުރުމަށްފަހު ތަފްޞީލު ބަޔާނެއް ނެރޭނަން: އިލްޔާސް ޖަމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އެމްޑީއެންގެ ދިރާސާ، ދިރާސާކުރުމަށްފަހު ތަފްޞީލު ބަޔާނެއް ނެރޭނަން: އިލްޔާސް ޖަމާލް

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެންއިން ދިރާސާ ރިޕޯޓެއް ކަމަށް ބުނެ ނެރުނު ރިޕޯޓުގައި ހިމަނާފައިވަނީ ދިރާސާ އުޞޫލުން ދިރާސާކޮށްގެން ނޫން ކަމަށާއި އެ ރިޕޯޓުގައި ވަރަށް ބިރުވެރި ކަންކަން އެބަހުރި ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް  މިނިސްޓަރ ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ. 

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވީ މިރިޕޯޓް އެކުލަވައިލީ ބޭރުގެ ޖަމިއްޔާއަކުން ވަރަށް ބޮޑު ފަނޑެއް ދީގެން ކަމަށްވުމުން ރިޕޯޓް އެކުލަވައިލަން މަސައްކަތްކުރި ބައެއް ކުދިންނަށް އަށާރަ ހާހުން ވިހިހާހުން މުސާރަދީފައިވާކަން މިހާރުވެސް އެނގިފައިވާ ކަމަށެވެ. އަދި އިސްލާމް ދީނުގެ އަދުއްވުން އިސްލާމް ދީނާއި ދެކޮޅަށް އަބަދުވެސް ވަރަށް ބޮޑަށް މަސައްކަތްކުރާނެކަން ޤަބޫލުކުރަން ވެސް ޖެހޭނެ ކަމަށެވެ. 

"މިއީ މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫން. ނަބީބޭކަލުންނާ ރަސޫލް ބޭކަލުންގެ ޒަމާނުން ފެށިގެން މިކަންކަން މިއަންނަނީ ކުރިއަށް. އެމީހުން ފަދައިން މުސްލިމުންވެސް ކާފިރުވުމަށް އެދޭނެކަން ކީރިތި ޤުރްއާނުން އެނގެން އެބަ އޮތް. ދިރާސާއެއް ކުރާނަމަ ގެންގުޅެން ޖެހޭ މިންގަނޑުތަކެއް ހުންނާނެ. އެމިންގަނޑުތައް މީގައި އެއްގޮތަކަށްވެސް ނެތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް ފުރިހަމަ އިލްމީ ދިރާސާއެއް ކުރާނަން. އެ ދިރާސާ ހާމަކުރުމުން މިބުނި ކަންކަން އެނގިގެންދާނެ. މީގައި މިވަނީ ބައަކު ކަންތައްތަކެއް ލައިދިނީމާ އެކަންކަން ޙަޤީޤަތަކަށް ހަދަން ކުރެވިފައިވާ މަސައްކަތްތަކެއް." 

"އެއުރެން ކާފިރު ވި ފަދައިން، ތިޔަބައިމީހުންވެސް ކާފިރު ވާނެ ނަމައޭ ހިތައި އެކަމަށް އެއުރެން އެދުނޫއެވެ. އޭރުން ތިއަބައިމީހުން (އެއުރެންނާ) ހަމަހަމަވެދާނެތެވެ. ފަހެ، އެއުރެންގެ ތެރެއިން އެހީތެރިން ތިއަބައިމީހުން ނުހިފާށެވެ! (އެއީ) އެއުރެން اللَّه ގެ މަގުގައި ހިޖުރަކޮށްފުމަށް ދާނދެނެވެ. ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ތިއަބައިމީހުންނަށް އެއުރެން ފެނުނު ކޮންމެ ތަނަކުން އެއުރެން އަތުލާށެވެ! އަދި، އެއުރެން ޤަތުލް ކުރާށެވެ! އަދި، އެއުރެންގެ ތެރެއިން އެހީތެރިއަކުވެސް އަދި، ނަޞްރުވެރިއަކުވެސް ތިއަބައިމީހުން ނުހިފާށެވެ!" (އައްނިސާ: 89) 

ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވީ ދީނުގައި ހުރި ބައެއް ލަފްޒްތަކާއި އެ ލަފްޒްތަކުގެ މަފްހޫމްތައް އެނގޭނީ ދީން ކިޔަވައިގެން ތިބި ބައަކަށް ކަމަށެވެ. އެހެންކަމާއިއެކުގައިވެސް ދީނީ ޢިލްމުވެރިންގެ ރަޢްޔުވެސް ނުހޯދައި ކަންކަން ހާމަކޮށްފައިވަނީ އަމިއްލަ ވިސްނުމުގައި ކަމަށެވެ.

 

 

މިއަދު އޮންލައިން