އެމްޑީއެންގެ ރިޕޯޓަކީ ބައަކު ބޭނުންވާ ގޮތަށް ދިރާސާ ނަތީޖާ ނެރެ ރާއްޖެއިން އިސްލާމް ދީން ފުހެލައި ދޮވެލަން ކޮށްފައިވާ މައްސަކަތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އެމްޑީއެންގެ ރިޕޯޓަކީ ބައަކު ބޭނުންވާ ގޮތަށް ދިރާސާ ނަތީޖާ ނެރެ ރާއްޖެއިން އިސްލާމް ދީން ފުހެލައި ދޮވެލަން ކޮށްފައިވާ މައްސަކަތަކެއް!

އެމްޑީއެންގެ ރިޕޯޓަކީ ދިރާސާއެއް ކަމަށް ބުނި ނަމަވެސް އެއީ ދިރާސާއެއް ނޫން ކަމަށާއި އެރިޕޯޓަކީ ބައަކު ބޭނުންވާ ގޮތަށް ދިރާސާގެ ނަތީޖާ ނެރެ ރާއްޖެއިން އިސްލާމް ދީން ފުހެލައި ދޮވެލަން ކޮށްފައިވާ މައްސަކަތްތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ. 

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވީ މިދިރާސާ އަށް ފަންޑުކޮށްފައިވަނީ ބޭރުގެ ޖަމާއަތަކުން ކަމަށާއި ވަރަށް ގިނަ އަދަދެއެގެ ފައިސާ އެކަމަށް ހޭދަކުރި ކަމަށެވެ. "ދިރާސާކުރަން އުޅުނު ކުދިންނަށް އެބަހުރި މަހަކު 18000 ރުފިޔާވެސް ދީފަ، މިހައި ގިނަ ފައިސާ ދީފާއި ދެން ބެލީ އެމީހުން ބޭނުންވާ ގޮތަށް ނަތީޖާ ނެރެވޭނެ ގޮތް. އެހެންވެ ބޮޑު ސިންގާ މަސައްކަތެއްކޮށް ނިންމައިލިއިރު އެންމެ ކުޑަމިނުން ދިނީ ޢިލްމުވެރިއެއްގެ ބަސްވެސް ނެތް ހޯދާފަ." 

އިތުރު ތަފްޞީލް އަންނަނީ

މިއަދު އޮންލައިން