އެމްޑީއެންގެ ރިޕޯޓުން 2 ރައީސުންނަށް ފެނިވަޑައިގަންނަވާ ގޮތް ވަރަށް ތަފާތުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އެމްޑީއެންގެ ރިޕޯޓުން 2 ރައީސުންނަށް ފެނިވަޑައިގަންނަވާ ގޮތް ވަރަށް ތަފާތުވެއްޖެ!

އެމްޑީއެންގެ ރިޕޯޓުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފެނިވަޑައިގަތީ އިސްލާމް ދީނުގެ އަސާސްތަކާއި ފުށޫއަރާ ވާހަކަތަކެވެ. އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ތައުޙީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައި އެބަހުރި ކަމެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މީގެ ކުޑައިރުކޮޅެއް މަޖިލީހުގެ މިއަދުގެ ރިޔާސަތުގައި އިންނަވައިގެން ވިދާޅުވީ އެމަނިކުފާނަށް އެ ރިޕޯޓުން ފެނިވަޑައިގަތީ ރަސޫލް (ޞޢވ) އަށް ޞަލަވާތް ނުކިޔެވުމުގެ މައްސަލައެއް ކަމަށެވެ. 

ޞަލަވާތް ކިޔެވުމަކީ ﷲ ތަޢާލާގެ އަމުރުފުޅެއް ކަމަށް ކޮންމެ ހުކުރު ދުވަހަކު ޚުޠުބާގައި ދަނީ ކިޔަމުންނެވެ. ނަމަވެސް ލިޔާ ލިޔުމެއްގައި ޞަލަވާތްފުޅު ނުލިޔެވި އޮތުމަކީ އިސްލާމް ދީނުގެ އަސާސްތަކާއި ޚީލާފުވުން ކަމުގައި އެއްވެސް ދީނީ ޢިލްމުވެރިއަކު ކަނޑައެޅުއްވިކަން އެނގިފައެއް ނެތެވެ. 

ވީމާ 2 ރައީސުން އިސްލާމް ދީނުގެ ކަންކަން ބައްލަވާ މިންގަނޑު ވަރަށް ބޮޑަށް ތަފާތުކަން މިވަނީ ފާހަގަކުރެވިފައެވެ.

މިއަދު އޮންލައިން