އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާ ފުށޫ އަރާ ވާހގަކަތަކާއި އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ތޔައުޙީދު ނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައި ހުރުމުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި މުޖުތަމައުގެ ހަމަޖެހުން ޤާއިމުކުރެއްވުމަށްޓަކައި އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދިނީ ޝިއާރު ފައުޅުކުރުމުގައިވެސް ޤާނޫނު އަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމަށާއި ދީނުގެ އަސާސްތަކުގެ ތެރެއިން ކަންކަން ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން 2015 ވަނަ އަހަރު، "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓާ ގުޅޭ.... pic.twitter.com/BTZ4Aa9vzN
— Ibrahim Mohamed Solih (@ibusolih) October 7, 2019