ޝައިޚް އަލީ ޒައިދު ޢަލީ ވަޙީދަށް!: "ﷲ އާއި ރަސޫލާ (ޞޢވ) އަށްޓަކައި އެމްޑީއެން ބަންދުކުރުމަށް ބާރު އަޅުއްވައި ދެއްވާ!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޝައިޚް އަލީ ޒައިދު ޢަލީ ވަޙީދަށް!: "ﷲ އާއި ރަސޫލާ (ޞޢވ) އަށްޓަކައި އެމްޑީއެން ބަންދުކުރުމަށް ބާރު އަޅުއްވައި ދެއްވާ!"

"ޤާނޫނާ ޤަވާއިދުގެ ތެރެއިން އެމްޑީއެން އުވާލަން ބައަކު ގޮވާލުމަކީ ބައަކު ހަރުކަށިކަން ދެއްކުމެއް ނޫނެވެ. އެމްޑީއެން އިން ކޮފައި އެވަނީ "ސޮރީ" އެވެ ބުނެލައިގެން ފަރުޖެއްސޭވަރުގެ ކުށެއް ނޫނެވެ. ﷲ އާއި ރަސޫލާ (ޞޢވ) އަށްޓަކައި އެމްޑީއެން ބަންދުކުރުމަށް ބާރު އަޅުއްވައި ދެއްވާ!"- ޝައިޚް ޢަލީ ޒައިދު 

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އުވާލައި "ސެޓަނިކް ރިފޯމް ޕޭޕަރސް" ނެރުނު މީހުންނާއިމެދު ފިޔަވަޅު އަޅަން ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލުމުން އެއީ ހަރުކަށި އަމަލެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ސިފަކުރެއްވުމުންނެވެ.

ޢަލީ ވަޙީދަކީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެންމެ ހަރުކަށިކޮށް ވާހަކަފުޅު ދެއްކެވި އެއް ބޭފުޅާއެވެ. ވީމާ ﷲ ތަޢާލާ އަށާއި ރަސޫލް (ޞޢވ) އަސް ފުރައްސާރަކޮށް ހަޖޫ ޖަހައި ކީރިތި ޤުރްއާނަށް އިންކާރުކުރި ޖަމިއްޔާއެއް އުވާލަން ގޮވާލުމުން އެކަން ޢަލީ ވަޙީދަށް ހަރުކަށި އަމަލަކަށްވީ ސަބަބާއިމެދު ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

"ތިލަފަތުގެ އެއްކޮޅުގައި ދިވެހި ރައްޔިތުން! އަނެއްކޮޅުގަ ﷲ ތަޢާލާ އާއި ރަސޫލް (ޞޢވ) އަށް ހަޖޫޖެހި އެންޖީއޯ (އެމްޑީއެން). ﷲ ތަޢާލާ އާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރި ހައަކަ މީހުންގެ ޙައްޤުގަ ސަރުކާރުން މި ލާދީނީ އެމްޑީއެން އުވާނުލައިފިނަމަ، އެއީ ސަރުކާރު ހަދާނެ އެންމެ ބޮޑު ގޯސް! މިހެން ނުހައްދަވާ! ހެޔޮ ނުވާނެ!"- ޝައިޚް ޢަލީ ޒައިދު 

މިއަދު އޮންލައިން