ޢަދުއްވުންނަށް މުސްލިމަކަށް ދެވޭނެ އެއްވެސް ދެރައެއް ނެތް!: ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޢަދުއްވުންނަށް މުސްލިމަކަށް ދެވޭނެ އެއްވެސް ދެރައެއް ނެތް!: ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ

قال شيخ الاسلام ابن تيمية رحمه الله "ماذا يفعل أعدائي بي إن جنتي في صدري إن سجنوني فسجني خلوة وإن قتلوني فقتلي شهادة وإن نفوني فنفيي سياحة" 

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ – رحمه الله- ވިދާޅުވިއެވެ: "އަހުރެންގެ ޢަދުއްވުންނަށް އަހުރެންނާމެދު ކުރެވޭނީ ކީއްހެއްޔެވެ؟ އެހެނީ، އަހުރެންގެ ސުވަރުގެ ވަނީ އަހުރެންގެ ހިތުގައެވެ. އެބައިމީހުން އަހުރެން ހައްޔަރުކޮށް ބަންދުކޮށްފިނަމަ، އެއީ މާތް ﷲ އާ ކުއްތަންވެ އެކަހެރިވެ، އަޅުކަން ކުރަން އަހުރެންނަށް ލިބޭ ފުރުޞަތެކެވެ. އެބައިމީހުން އަހުރެން މަރާލައިފިނަމަ، އެއީ ޝަހީދެއްގެ ގޮތުގައި ޝަހީދުވެ ދިއުމެކެވެ. އަދި އަހުރެން ރަށުން ބޭރުކޮށް އަރުވާލައިފިނަމަ، އެއީ ފަތުރުވެރިއެއްގެ ގޮތުގައި ދަތުރުކުރަން އަހުރެންނަށް ލިބޭ ފުރުޞަތެކެވެ."

- ޝައިޚް ޝަފީޢު ޢަބްދުﷲ 

އިސްލާމް ދީނަށް ނަޞްރު ދިނުމަށް މަސައްކަތްކުރަންވީ މިކަންކަން ހިތުގައި ބާއްވައިގެންނެވެ. ވަޒީފާ ދެއްވަވަނީ ﷲ ތަޢާލާއެވެ. ރިޒްޤް ދެއްވަވަނީ ﷲ ތައާލާއެވެ. ސަލާމަތް ޞިއްޙަތެއް ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ބިރުން ފިލައި ފަސްޖެހި ރަޖާލައިގެން އޮތުމެއް ނެތެވެ. އެއް ދޮރު ބަންދުވާއިރު ހާސް ދޮރު ހުޅުއްވަވައި ދެއްވަވާނެތެވެ. އެމީހަކަށް ނުވެސް އެނގޭހައި ގޮތްގޮތުން ނިޢްމަތްތައް އޮއްސަވައިދެއްވަވާނެތެވެ.

މިއަދު އޮންލައިން