ޢިލްމުވެރިން ބަހުސް ކުރައްވާ ކަންކަން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ހަދަނީ ދޮގު: ޝައިޚް ޝަފީޢް ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ޢިލްމުވެރިން ބަހުސް ކުރައްވާ ކަންކަން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ހަދަނީ ދޮގު: ޝައިޚް ޝަފީޢް ޢަބްދުﷲ

"އިސްލާމް ދީނުގެ ކަންކަން އޮންނަ ގޮތާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާތައް" ކަމަށް ވިދާޅުވެ ރައީސް މުޙައްމަދު ނަޝީދު ޓްވީޓް ކުރައްވާފައިވަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ޝައިޚް ޝަފީޢް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.  

"މާތް ނަބިއްޔާ (ޞޢވ) އަކީ ތަކްފީރީއެއްތޯ ނޫންތޯ ޢިލްމުވެރިން ބަހުސެއް ނުކުރާނެ. މާތް ނަބިއްޔާ (ޞޢވ) އަކީ ތަކްފީރީއެކެވެ ބުނާ މީހަކަށް، އޭނާއަށް އެބުނެވެނީ ކުފުރުގެ ބަހެއްކަން އެއްވެސް އުޒުރެއް ނެތި، އެނގޭނަމަ، ސީދާ ވަގުތުން ކާފަރުވާނެ ކަމަށް ޢިލްމުވެރިން އިއްތިފާޤްވާނެ.  

ދީން ދެނވަޑައިގަންނަވާ ބޭފުޅުން "ބަހުސް ކުރައްވާ، ނުކުރައްވާ ނުކުތާތައް" ކަނޑައެޅިގެން ދޮގު. އިސްރާ އާއި މިޢްރާޖް އާއިމެދު ޢިލްމުވެރިން ބަހުސެއް ނުކުރައްވާނެ. އެނގިހުރެ، އިސްރާ އާއި މިޢްރާޖަށް އިންކާރުކުރާ މީހަކު ވާނީ ކާފަރު." – ޝައިޚް ޝަފީޢް ޢަބްދުﷲ  

ޝައިޚް ޝަފީޢު މިފަދައިން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދު، "އިސްލާމް ދީނުގެ ކަންކަން އޮންނަ ގޮތާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ބަހުސް ކުރައްވާ ނުކުތާތައް. އެފަދަ ކަންކަމަށް ޢާންމު މީހުން ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ." ކަމަށް ވިދާޅުވެ ޓްވީޓެއް ކުރެއްވުމުންނެވެ.  

އިސްރާ އާއި މިޢްރާޖަކީ ޙަޤީޤަތެއް ކަމަށް ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ ވަޙި ކުރައްވަވައިފައެވެ. އެހެންކަމުން އިސްރާ އާއި މިޢްރާޖަށް އިންކާރުކުރުމަކީ ކީރިތި ޤުރްއާނުގެ އާޔަތަކަށް އިންކާރުކުރުމެވެ.  

"އެކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! އެކަލާނގެއީ، މަސްޖިދުލްޙަރަމުން، މަސްޖިދުލްއަޤްޞާ އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (އަލްއިސްރާ: 1)  

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން ނެރުނު ބަޔާން ދިފާޢު ކުރައްވަން ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ބަހަނާތަކުގެ ސަބަބުން އެމްޑީޕީގެ ގިނަ އަދަދެއްގެ އިސް މެންބަރުންވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

 

މިއަދު އޮންލައިން