އުމްރާއަށް މީހުން ގެންދިއުމުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
އުމްރާއަށް މީހުން ގެންދިއުމުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ. 

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޕްރޮޕޯސަލް ފޮތް މާދަމާއިން ފެށިގެން މިމަހުގެ 16 ވާ ބުދަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް އެ މިނިސްޓްރީގެ ކައުންޓަރުން ގަންނަން ލިބޭނެ ކަމަށެވެ. އަދި ޕްރޮޕޯސަލް ބަލައި ގަންނާނީ މިމަހުގެ 13 ވާ އާދިއްތަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00 އިން 12:00 އަށް މިނިސްޓްރީގެ ކައުންޓަރުން ޕްރޮޕޯސަލް ބަލައިގަންނައިރު ޕްރޮޕޯސަލް ނުގަންނަ ކުންފުނިތަކުގެ ޕްރޮޕޯސަލް ބަލައިނުގަންނާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ޕްރޮޕޯސަލް ފޮތް ވިއްކަނީ 5000 ރުފިޔާ އަށެވެ.

 

މިއަދު އޮންލައިން