"ﷲ އަށްޓަކާ ބުނަން - ރައީސް މުޙައްމަދު ނަޝީދު މީތި ސިޔާސީ ނުކުރައްވާ! ދިވެހި ރައްޔިތުން އެބައިމީހުންގެ ދީނާއި ރަސޫލާ (ޞޢވ) އަށް ބައަކު މީހުން ފުރައްސާރަކުރުމުން، އެކަމަށް ފިޔަވަޅު އަޅައި ދިނުމަށް އެދުމުން އެއީ ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަށް ހެދުމަކީ ވަރަށް ހުތުރު ޢަމަލެކެވެ. އެމްޑީއެން މަނާކުރޭ!"
- ޝައިޚް ޝަފީޢް ޢަބްދުﷲ
ގިނަ ބައަކު ދެކެނީ ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓަކީ ވަރަށް ބޭއިންޞާފުން ކުރެއްވި ކަމެއް ކަމަށެވެ. މުސްލިމުންގެ ދީން، އިސްލާމް ދީނަށާއި އެންމެހައި މުސްލިމުންގެ ފުރިހަމަ ލޯބި އެބޭކަލަކަސް ލިބިވަޑައިގެންވާ، މުސްލިމުންގެ ހިތުގެ ވިންދާއި ގުޅިފައިވާ ރަސޫލް (ޞޢވ)އަށް ފުރައްސާރަކުރުމުން އެކަން އެއީ އެއްވެސް ކަމަކަށް ނުހައްދަވައި އެކަން ކުށްވެރިކުރަން މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ މަސައްކަތަކީ ސިޔާސީ މަސައްކަތަކަށް ހެއްދެވުމުންނެވެ.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ކޮންމެ މީހަކު ކޮންމެ ނަމެއް ދިން ނަމަވެސް ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެންގެ ރިޕޯޓާއި ދެކޮޅަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
Allah attakai bunan, @MohamedNasheed meethi siyaasee nukuravvaa...
— Shafeeu Abdullah (@shafeeu26) October 5, 2019
Dhivehi rayyithun ebaimeehunge dheenai rasoolaa ah bayaku meehun furassaara kurumun, ekamah fiyavalhu alhaidhinumah edhumun, e'ee siyaasee gothun kuraa kameh kamah hedhumakee, varah huthuru amaleh. #BanMDN https://t.co/gK4vRVksJF