އެމްޑީއެން ބަންދުކުރަން ރައްޔިތުން ގޮވާލާއިރު ރައީސް ނަޝީދަށް ކުށްވެރިވީ ރައްޔިތުން ކަމަށާއި އެއީ ވަރަށް ހުތުރު ކަމެއް ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވާ ސިޔާސީ އެއްވެސް ކަމެއް ރައްޔިތުން ނުވަތަ އެއްވެސް މީހަކު ނުކުރާކަން ފާހަގަކުރައްވައި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ރައްޔިތުން އެދެމުން ދަނީ އެންމެ ދެކަމެއް ކަމަށެވެ. އެއީ އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) ބަދުބަސް ބުނެ ފުރައްސާރަކޮށް ރިޕޯޓް ހާމަކުރި އެމްޑީއެން ބަންދުކުރުމަށާއި އެރިޕޯޓު ރާއްޖޭގެ ޤާނޫނާއި ޚިލާފްވާތީ އެރިޕޯޓް ލިޔުނު މީހުންނަށް ދަޢްވާ ކުރުން ކަމަށެވެ.
މިއީ ޤާނޫނީ ގޮތުން ކުރަން ސަރުކާރަށް ލާޒިމްވާ 2 ކަންތައް ނަމަވެސް ރައީސް ނަޝީދު މިރޭ ވަނީ މި ދެ ކަންތައް ކުރުމަށް ސަރުކާރަށް ގޮވާލުމަކީ ސިޔާސީ ފައިދާއެއް ހޯދަން ކުރާ ކަމެއް ކަމަށް ސިފަކުރައްވައިފައެވެ.
"ރައްޔިތުން ޓްވީޓާއި ފޭސްބުކުކްގައި އެމްޑީއެން ބަންދުކުރަން ގޮވާލާއިރު، ޤައުމުގެ އެއް ބާރުގެ ވެރިޔާއަށް ކުށްވެރިމިވީ އެ ރައްޔިތުން. ވަރަށް ހުތުރު!
އަހަރެމެން އެދެނީ އެންމެ 2 ކަމެއް:
1 އެމްޑީއެން ބަންދުކުރަން
2 ރާއްޖޭގެ ޤާނޫނާއި ޚިލާފްވާތީ އެރިޕޯޓް ލިޔުނު މީހުންނަށް ދަޢްވާ ކުރަން"
Raajjeyge Rayyithun twt aa FB ga, #MDN bandhu kurumah govaalaairu, Qaumuge eh baaruge veriyaa ah kuhveri mivee, e Rayyithun. V huthuru.
— Ali Zaid (@alizaid1000) October 5, 2019
Rayyithun edheny enme 2 kameh!
1- #MDN bandhu kuran.
2- Rajje ge Qaanoonaa khilaafvefa vaathy, report liyunu meehunnah dauwa kurun!#BanMDN