ކުރީ ސަރުކާރުން ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ މިސަރުކާރުން އެކަން ލުއިކޮށް ނަގަން ޖެހޭ ސަބަބެއް ނޫން: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ކުރީ ސަރުކާރުން ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ މިސަރުކާރުން އެކަން ލުއިކޮށް ނަގަން ޖެހޭ ސަބަބެއް ނޫން: ޝައިޚް ޢަލީ ޒައިދު

ކުރީ ސަރުކާރުން ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ މިސަރުކާރުން އެކަން ލުއިކޮށް ނަގަން ޖެހޭ ސަބަބެއް ނޫން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.  

މީގެ އިތުރުން ޝައިޚް ޢަލީ ޒައިދު ވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު މުގުރާލި އެމްޑީއެން ބަންދުނުކުރެވިގެން އުޅޭ ސަބަބު ދިވެހި ރައްޔިތުންނަށް ނުވިސްނޭ ކަމަށް ވިދާޅުވެ ސަރުކާރަށްވުރެ އެމްޑީއެން ބާރުގަދަވީތޯ ސުވާލުކުރައްވައިފައެވެ.  

ޝައިޚް އަލީ ޒައިދު ގެންދަވަނީ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅި މައްސަލަ ބަލައި ފިޔަވަޅު އެޅުން އަވަސްކޮށްދިނުމަށްވެސް ގޮވާލައްވަމުންނެވެ.  

"ކުރީ ސަރުކާރުން ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ މިސަރުކާރުން އެކަން ލުއިކޮށް ނަގަން ޖެހޭ ސަބަބެއް ނޫން. ދިވެހި ރައްޔިތުންނަކަށް ނުވިސްނޭ ޤާނޫނު މުގުރާލި އެމްޑީއެން ބަންދުނުކުރެވިގެން އުޅޭ ސަބަބެއް؟ ސަރުކާރަށްވުރެ އެ އެންޖީއޯ ބާރުގަދަވީތޯ؟"

މިއަދު އޮންލައިން