ޢިލްމުވެރިންނާއިއެކު އިސްލާމިކް މިނިސްޓްރީން މަސައްކަތް ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޢިލްމުވެރިންނާއިއެކު އިސްލާމިކް މިނިސްޓްރީން މަސައްކަތް ފަށަނީ

ރާއްޖޭގައި އިސްލާމް ދީނަށް ކުރިމަތިކުރުވަމުން ގެންދާ ގޮންޖެހުންތައް ޙައްލުކުރަން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއިއެކު އިސްލާމިކް މިނިސްޓްރީން މަސައްކަތް ފަށަން ނިންމައިފިއެވެ. 

މިއަދުގެ މެނދުރު ނަމާދު ވަގުތެއްހައި އިރުން ފެށިގެން ޢަޞްރު ނަމާދާއި ހަމައަށް އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ގެންދިއަ ބައްދަލުވުމަށްފަހު މިއަދުނޫހަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިން ވަނީ އެބޭފުޅުންގެ ޚިޔާލުފުޅުތަކާއި ކަންބޮޑުވުންތައް ފައުޅު ކުރައްވަވާފައި ކަމަށެވެ. 

"މިނިސްޓްރީން އެބޭފުޅުންނާއިއެކު މަސައްކަތްތައް ކުރިއަށް ގެންދާނަން. ހޯމަ ދުވަހުން ފެށިގެން ޙަރަކާތްތައް ހިނގަން ފަށާނެ. ކުރަން ނިންމުނު ބައެއް ކަންކަން ފަހުން ހާމަކުރާނަން." މިނިސްޓަރ ވިދާޅުވިއެވެ. 

މިއަދުގެ ބައްދަލުވުމަކީ ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމަކަށްވެފައި އެވަގުތު ވާރޭވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ 60 ވަރަކަށް ބޭފުޅުންކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން