ރާއްޖެއިން އިސްލާމް ދީން ފޮހެލަން މަސައްކަތްކުރާ އެމްޑީއެން އާއި އެނޫންވެސް ފަރާތްތަކުން ކުރާ އިސްލާމް ދީނާއި ޚިލާފް ކަންކަމުގެ އަޑު އަބަދުވެސް ގެންދަވާނީ އުފުއްލަވަމުން ކަމަށާއި ކިތަންމެ ވަރަކަށް ބިރު ދެއްކި ނަމަވެސް އެ އަޑު ކަނޑުވައި ނުލެވޭނެ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
"މިއުޅޭ 6 އަކަ ލާދީނީ މީހުން ހީކުރީތޯ؟، ޓެރަރިޒަމް ޤާނޫނޭ އަނެކައްޗެކޭ އެހެން މީހުން ދުވެ ފިލައި ރަޖާލާނެ ކަމަށް؟
ބަލަ ތިއަބައިމީހުން ހިންގި ޖަރީމާގެ ވާހަކަ ދައްކާނަން!
މިއަޑެއް އިން ޝާ ﷲ ނުހުއްޓުވޭނެ! މީ ދިވެހިރައްޔިތުންގެ އަޑު!"
- ޝައިޚް ޢަލީ ޒައިދު
އެމްޑީއެންއިން އިސްލާމް ދީނާއި ދެކޮޅަށް ހިންގި ޖަރީމާ ސަރުކާރާއި ރައްޔިތުންގެ ސަމާލުކަން ގެނައުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ޝައިޚް ޢަލީ ޒައިދުއެވެ. އެކަމާއި ގުޅިގެން އެމްޑީއެން އާއި އެ ޖަމިއްޔާގެ ސަޕޯޓަރުން ގެންދަނީ ޝައިޚް ޢަލީ ޒައިދަށް ތަފާތު އިންޒާރުތައް ދެމުންނެވެ.
Mi 6 ka meehun behigathee maai Nabiyya SAW aa! Dhogukuree Quran ge aayai! Dhivehi Rayyithun ge ley kekeyne!
— Ali Zaid (@alizaid1000) October 5, 2019
Mi 6 ka meehunnaa hedhi Sarukaaru ge adhi MDP ves nan dhanee kharaab vamun! Mihen nahahdavaa! Fiyavalhu alhaanamey vidhaalhuvumuge badhalu fiyavalhu alhuhvaa!#BanMDN