އިސްލާމް ދީނަށް ފުރައްސާރަކުރި މީހުންގެ މައްސަލަ ބެލުމަށް ދައުލަތުގެ 3 ބާރަށް ޝައިޚް ޢަލީ ޒާހިރު އިލްތިމާސްކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
އިސްލާމް ދީނަށް ފުރައްސާރަކުރި މީހުންގެ މައްސަލަ ބެލުމަށް ދައުލަތުގެ 3 ބާރަށް ޝައިޚް ޢަލީ ޒާހިރު އިލްތިމާސްކުރައްވައިފި

އިސްލާމް ދީނަށް ފުރައްސާރަކުރި މީހުންގެ މައްސަލަ ބެލުމަށް ދައުލަތުގެ 3 ބާރަށް ޤައުމީ ޔުނިވަރސިޓީގެ އިސްލާމީ ފެކަލްޓީގެ ޑީން ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އިލްތިމާސް ކުރައްވައިފިއެވެ.

ޝައިޚް ޢަލީ ޒާހިރު މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ މިއަދުކުރެއްވި ޓްވީޓެއްގައެވެ.

މިޓްވީޓްގައި ޝައިޚް ޢަލީ ޒާހިރު ވިދާޅުވެފައިވަނީ އިސްލާމް ދީނަށާއި ދީނުގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކުރުމަކީ ބޮޑުވެގެންވާ ކުށެއް އަނިޔާއެއް ޖަރީމާ އެއް އަދި ހައްދުފަހަނައަޅައި ދިއުމެއް ކަމަށެވެ.  އެކަންކުރި މީހުންނަށް ޙައްޤު އަދަބު ދެއްވުމަށް ދައުލަތުގެ 3 ބާރަށް އިލްތިމާސް ކުރާކަމަށެވެ.   

 

މިއަދު އޮންލައިން