އެންމެ ބޮޑު ޓެރަރިޒަމަކީ ﷲ އަށާ ރަސޫލް (ޞޢވ) އަށް ބަދު ބަސް ބުނުން: ޝައިޚް މަންޞޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެންމެ ބޮޑު ޓެރަރިޒަމަކީ ﷲ އަށާ ރަސޫލް (ޞޢވ) އަށް ބަދު ބަސް ބުނުން: ޝައިޚް މަންޞޫރު

އެންމެ ބޮޑު ޓެރަރިޒަމަކީ ﷲ ތަޢަލާ އަށާއި އެކަލާނގެ ރަސޫލާ މުޙައްމަދު (ޞޢވ) އަށް ބަދު ބަސް ބުނެ ފުރައްސާރަކުރުމެވެ. އެފަދަ ކަންކަން ކުރުމަކީ ވަކި މީހަކަށް ދެވޭ އަނިޔާއެއް ނޫނެވެ. އެއީ ހަމައެކަނި އިސްލާމީ އުންމަތަށް ދެވޭ އަނިޔާއެއްވެސް ނޫނެވެ. އެއީ މުޅި އުންމަތަށް ދެވޭ އަނިޔާއެކެވެ. 

ﷲ ތައާލާ އަށާއި ރަސޫލް (ޞޢވ) އަށް ބަދު ބަސް ބުނެ ފުރައްސާރަކުރާނަމަ އެކަމާއި ދެކޮޅަށް ބަސް ބުނެ އަޑު އުފުލަން ޖެހޭނެއެވެ. ކަމާއިބެހޭ ފަރާތްތަކުގައި ޝަކުވާކުރަން ޖެހޭނެއެވެ. 

އިސްލާމް ދީން ދެކެ ލޯބިވާނަމަ، އެމީހެއްގެ ހިތުގައި ޣީރަތްތެރިކަން ހުރިނަމަ، ﷲ ތައާލާ އަށާއި ރަސޫލް (ޞޢވ) އަށް ބަދު ބަސް ބުނެ ފުރައްސާރަކުރުމާއި ދެކޮޅަށް ތެދުވެ މަސައްކަތްކުރަން ޖެހޭނެއެވެ. އެކަން ކުރަނީ ސޯޝަލް މީޑިއާގައި ކަމަށްވާނަމަ ސޯޝަލް މީޑިއާގައި ރައްދު ދޭންވާނެއެވެ. އެފަދަ މީހުންގެ ލިޔުންތަކަށް ލައިކް ދީ ޝުއާކުރުން ފަދަ ކަންކަން ކޮށްގެން ނުވާނެއެވެ. އަޅުގަނޑުމެން ކޮންމެ މީހަކީވެސް އެފަދަ މީހުންނާއި ދެކޮޅު، އެމީހުން ކުރާ ކަންކަމަސް ދެކޮޅު މީހުން ކަމުގައި ދައްކަން ޖެހޭނެއެވެ. "ދީނުގެ ޣީރަތްތެރިކަން ނެތްނަމަ އަޅުގަނޑުމެންނަކީ ކޮންބައެއްތޯ؟" 

މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް މުޙައްމަދު މަންޞޫރު ދެއްވި ދަރުސުން 

ދަރުސްގެ ވީޑިއޯ:  

މިއަދު އޮންލައިން