ޓެރަރިޒަމް ޤާނޫނު ހެދިފަދައިން ލާދީނީ ފިކުރާ ދެކޮޅު ޤާނޫނު ހަދައި އަދަބު ކަނޑައަޅަން ޖެހޭ: ޢުމަރު ނަޞީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޓެރަރިޒަމް ޤާނޫނު ހެދިފަދައިން ލާދީނީ ފިކުރާ ދެކޮޅު ޤާނޫނު ހަދައި އަދަބު ކަނޑައަޅަން ޖެހޭ: ޢުމަރު ނަޞީރު

ޓެރަރިޒަމްގެ އަމަލެއް ކޮށްފި ނަމަ ދޭނެ އަދަބު ކަނޑައަޅައި ޤާނޫނު ފާސްކުރި ފަދައިން ލާދީނީ ފިކުރާ ދެކޮޅު ޤާނޫނު ހަދައި ދޭނެ ބޮޑެތި އަދަބު ކަނޑައަޅަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު  ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.  

ޢުމަރު ނަޞީރު ވިދާޅުވީ އެހެން ފަސްގަނޑެއްގައި ހުރެ ދީނުގެ ނަމުގައި، ހަނގުރާމަ ކުރާ މީހާ ޖަލަށްލާފައި، މި (ދިވެހި) ފަސްގަނޑުގައި ތިބެގެން އިސްލާމްދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަ ކުރާ މީހުން ޖަލަށް ނުލެވޭނަމަ، އިންސާފު ނެތިގެންދާނެ ކަމަށެވެ.  

ޢުމަރު ނަޞީރު މިމޭރުމުން ވިދާޅުވެފައި މިވަނީ ރާއްޖޭގައި މިހާރު އަމަލުކުރަމުން ގެންދާ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އެ ޤާނޫނު ތަންފީޒުކުރަން ދަތިތަކެއް ހުރިކަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފާހަގަކުރައްވާފައިވަނިކޮށެވެ.

 

މިއަދު އޮންލައިން