ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެންގެ ސިއްރު އެޖެންޑާ މުޅި ޤައުމަށް ހާމަވެއްޖެ ކަމަށް ވިދާޅުވެ އެ ޖަމިއްޔާ ބަންދުކޮށްދިނުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.
ހޯމް މިނިސްޓްރީއަށާއި ޔޫތް މިނިސްޓްރީއަށް އެޑްރެސް ކުރައްވައި ޝައިޚް ޢަލީ ޒައިދު ވަނީ އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށް އަދި ބަދު ބަސް ބުނި މައްސަލައިގައި، އެކަންކުރި އެޖަމިއްޔާގެ މީހުންނާއިމެދު ޤާނޫނީ ފިތަވަޅު އަޅައިދިނުމަށްވެސް ގޮވާލައްވައިފައެވެ.
ރާއްޖޭގެ ބައެއް މީހުން ފަރުދީ ފެންވަރުގައި އިސްލާމް ދީނާއި ދެކޮޅު ބަސް ބުނި ނަމަވެސް ރާއްޖޭގެ ޖަމިއްޔާއަކުން މިފަދަ އަމަލެއް މިހައި ފައުޅުކަން ބޮޑު ގޮތަކަށް މީގެކުރިން ކުރިކަން އެނގިފައި ނެތް ކަމަށް ގިނަބައަކު ދަނީ ބުނަމުންނެވެ. އެހެންކަމުން ގިނަ ބައަކު ބުނަމުން ގެންދަނީ މި މައްސަލައިގައި އެކަށީގެންވާ ފިޔަވަޅު ސަރުކާރުން ނުއަޅައިފިނަމަ މިއީ މިފަދަ ކަންކަން ކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމަށެވެ. އަދި މިމައްސަލަ ވެގެންދާނީ އެފަދަ އަމަލުތައް ކުރުމަށް ހުޅުވިގެންދާ ދޮރަކަށް ކަމަށެވެ.
Today I call upon our beloved sheikh, @ShimranAb and Honorable Minister @AhmedMahloof to shutdown MDN. Now the entire Nation knows what their hidden agenda is. We want authorities to take immediate action and shutdown MDN. And to take legal actions against individuals involved. pic.twitter.com/4yxl4Gx5fb
— Ali Zaid (@alizaid1000) October 4, 2019