އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އަޙްމަދު މާހިރު ޢައްޔަން ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 27ސ
އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އަޙްމަދު މާހިރު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް، މައްޗަންގޮޅި ރައުފަތުގެ، އަޙްމަދު މާހިރު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އަޙްމަދު މާހިރަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަޙްމަދު މާހިރަކީ މީގެ ކުރިން ވެސް ދިވެހިދައުލަތުގެ ސަފީރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ

މިއަދު އޮންލައިން