"ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ތިމަންކަލޭގެފާނު ދެކެ އެންމެ ލޯބިވާ ބައެއްކަމުގައި ތިމަންކަލޭގެފާނަށް ފަހު އަންނަ ބަޔަކު ވެއެވެ. އެމީހެއްގެ އަހުލުންނާއި މުދާ ފިދާކޮށްފައި ތިމަންކަލޭގެފާނު ފެނުމަށް އެއުރެންކުރެ މީހަކު އެދޭނެއެވެ." مسلم. اللهم ارزقنا حبك وحب نبيك ﷺ
ހޫނު ގަދަ ދުވަހެއްގައި ކަރުހިއްކައިގެންފައިވާ މީހަކު ފިނި ފެންތަށްޓަކަށް ލޯބިކުރާ ވަރަށް ވުރެ ބޮޑަށް މުސްލިމުން މާތް ނަބިއްޔާ އަށް ލޯބިކުރާނެއެވެ. މިއީ ހިތާ ހިތުގެ ލޯބި މއީ ޙަޤީޤީ ލޯބި މި ލޯތްބެއް ދިވެހިންގެ ހިތްތަކުން ފަނޑެއް ނުވާނެއެވެ."
މިއީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް އިލްޔާސް ޖަމާލް ޓްވީޓްކުރައްވާފައިވާ ބަސްފުޅެކެވެ. ސަބަބު ބަޔާން ކުރައްވާފައި ނުވި ނަމަވެސް ބެލެވެނީ އެމްޑީއެން، "އެންޓި އިސްލާމް މޫވްމަންޓުން" ރާއްޖެއިން އިސްލާމް ދީން ނައްތާލަން ކުރާ މަސައްކަތްތައް ވަރުގަދަ ކުރަން ފެށުމުން ވިދާޅުވެފައިވާ ބަސްފުލެއް ކަމަށެވެ.