"ކިޑްސް ފުޓްބޯލް ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސް ޞާލިޙް ޝަރަފުވެރި ކޮށްދެއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
"ކިޑްސް ފުޓްބޯލް ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސް ޞާލިޙް ޝަރަފުވެރި ކޮށްދެއްވައިފި

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން "ކިޑްސް ފުޓްބޯލް ފިއެސްޓާ"ގެ ނަމުގައި ބޭއްވި ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރި ކޮށްދެއްވައިފިއެވެ. 

މިއަދު ހަވީރު ހެންވޭރު ބޯޅަދަނޑުގައި ބޭއްވި މި މުބާރާތުގެ ފައިނަލްމެޗުގައި ވާދަކޮށްފައި ވަނީ މަޖީދިއްޔާ ސްކޫލާއި ޣާޒީ ސްކޫލެވެ. މިއަދު ކުޅުނު ފައިނަލް މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ހޯދީ ޣާޒީ ސްކޫލެވެ. 

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޗެންޕިއަން ޓީމަށް ޓްރޮފީއާ އިނާމު ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. 

 

މިއަދު އޮންލައިން