އީމާންކަން ފުރިހަމަވާނީ ﷲ ގެ ރުހިވޮޑިގަތުމަށް މިވަރަށް އެދިގެން! ކޯފާއަށް މިވަރަށް ބިރުވެތިވެގެން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އީމާންކަން ފުރިހަމަވާނީ ﷲ ގެ ރުހިވޮޑިގަތުމަށް މިވަރަށް އެދިގެން! ކޯފާއަށް މިވަރަށް ބިރުވެތިވެގެން!: މުފްތީ މެންކް

ރަސޫލް (ޞޢވ) ގެ އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވެވަޑައިގަތުން ރަސޫލް (ޞޢވ) އަށް ވެގެން ދިއައީ ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ހިތާމަފުޅަށެވެ. ލޯފުޅުން ކަރުނަފޮދު އޮހޮރެމުން ދިއަ ކަމަކަށެވެ. 

އެހާލުކޮޅުގައި ވެސް މުޝްރިކުންގެ ދުއްތުރާތަކަށް ކެތް ކުރައްވަވަން އުނދަގޫފުޅުވުމުން ޠާއިފަށް ވަޑައިގަތީ އެމީހުންގެ ކިބައިން އެހީފުޅަށް އެދިވަޑައިގެނެވެ. ނަމަވެސް ޠާއިފްގެ އަހުލުވެރިން ރަސޫލް (ޞޢވ) އާއިމެދު އަމަލުކުރީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސްނެތްގޮތުގައެވެ. އެންމެ އަނިޔާވެރި ގޮތުގައެވެ. ކުޑަކުދިންނާއި މޮޔައިން ފާކޮށް ގައު ފަދަ ތަކެތި އުކައި ރަސޫލް (ޞޢވ)ގެ ހަށިކޮޅުން ލޭފޮދު އޮހޮރުވައިލީ އެއްވެސް ރަޙުމެއް ނެތިއެވެ. 

އެހާލުކޮޅުގައި ރަސޫލް (ޞޢވ) ވަޑައިގެން ގަހެއްގެ ދަށުގައި އިންނަވައި ކީރިތި ކުރައްވަމުން  ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅަކީ "ޔާ ﷲ! އިނބަ ރަސްކަލާނގެ ކޯފާވެވޮޑިގަތުން މިއަޅާއަށް ނެތް ނަމަ ހިނގާ (ކުރިމަތިވެވަޑައިގަންނަވާ) އެއްވެސް ކަމަކާއިމެދު ކަންބޮޑުވެވަޑައެއް ނުގަންނަވަމެވެ....."  

މީސްތަކުންނޭވެ! މި ޙަދީޘްފުޅުން އެނގިގެންދަނީ އީމާންކަން ފުރިހަމަވާނީ ﷲ ގެ ރުހިވޮޑިގަތުމަށް މިވަރަށް އެދިގެން ކަމެވެ. ﷲ ތަޢާލާގެ ކޯފާއަށް މިވަރަށް ބިރުވެތިވެގެންނެވެ. އެކަމަކީ އެންމެ މުހިންމުކަން ކަމަށް ހަދައިގެންނެވެ.

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން