ދާދިފަހުން ޓެރަރިޒަމް ޤާނޫނަށް ގެނައި އިޞްލާޙްތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ކަންބޮޑުވުންތައް ހުރީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ސީޕީ ޙަމީދު ވިދާޅުވީ މިފަދަ ކަންކަމާއި ގުޅިގެން ފުލުހުން ކުރާ ކަންކަމުގެ ޒިންމާ އުފުލަންޖެހޭ ގޮތަށް ޤަވާއިދުތައް އިޞްލާޙްކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރުން ޓެރަރިޒަމް ޤާނޫނާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވަން ކުރެއްވެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.