ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ރ.އަނގޮޅިތީމުގައި އަޅާ ޓޫރިސްޓު ވިޒިޓާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރުގެ ބިންގާ އަޅައިދިނީ މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށް ލާފައި ހުއްޓާ މަރުވި ގ. ކީމާ އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމާއި، އެ ދެމަފިރިންގެ ދަރިފުޅެވެ.
ކިޔަވާ ކުދިންނަށްވެސް މުހިންމު މައުލޫމާތުތަކެއް ލިބުމުގެ އިތުރުން ޑިމޮކްރަސީއަށް ކުރި ދަތުރުގެ ވާހަކަ ވެސް މިސެންޓަރުން ކިޔައިދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުންނެފައެވެ.
މިރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު އަދި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ބައިވެރިވެވަޑައިގެންނެވިއެވެ.
#HappeningNow
— Ministry of Tourism (@MoTmv) September 30, 2019
Foundation laying ceremony of the first ever Tourist Visitor Centre to be established in #Maldives ongoing at R. Angolhitheemu. #WTD2019
Photos: @HalfCourtMV pic.twitter.com/SzIy6uxc7h