ބޭސް ސިޓީއަކާއި ނުލާ ރާއްޖޭގައި ވެސް ޒެންޓެކް ވިއްކުން މަނާކޮށްފި!

ކިޔުމަށް ހޭދަވާނީ 56ސ
ބޭސް ސިޓީއަކާއި ނުލާ ރާއްޖޭގައި ވެސް ޒެންޓެކް ވިއްކުން މަނާކޮށްފި!

މޭ އެންދުމާއި ވައިގެ ބަލިތަކަށް ޚާއްސަ ބޭހެއްކަމަށްވާ ޒެންޓެކް ބޭހުގައި ހިމެނޭ މާއްދާއަކުން ކެންސަރަށް މަގުފަހިވާ ކަމަށް އެމެރިކާގެ ސިއްޙަތާއިބެހޭ މަރުކަޒަކުން ހާމަކުރުން، އެބޭސް އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ވިއްކުން މަނާ ކޮށްފިއެވެ.

ބޭސް ސިޓީއަކާއިނުލާ ކުރިން ލިބުނު މިބޭސް، ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މިހާރު ވަނީ އެގޮތަށް ވިއްކުން މަނާ ކޮށްފައެވެ. އެހެންކަމުން މީގެފަހުން އެބޭސް ރާއްޖެއިން ލިބެން ހުންނާނީ ހަމައެކަނި ޑޮކްޓަރުގެ ލިޔުމަކުން ނުވަތަ ބޭސްސިޓީއަކުން އެކަމަށް އިރުޝާދު ކުރުމުންނެވެ.

ޒެންޓެކް ނުވަތަ ރެނިޓިޑިން އަކީ ބަނޑުގައި ގޭސް އުފެދުން ނުވަތަ މޭ އެންދުމާއި އެކިކަހަލަ އެލާޖީ ހުންނަ މީހުން އެންޓިހިސްޓަމައިން އެއްގެ ގޮތުގައި ބޭނުންކުރާ ބޭހެކެވެ.

އެމެރިކާގެ އެފްޑީއޭ އާއި ޔޫރަޕިއަން ޑްރަގް ރެގިއުލޭޓާރސް ގެ ހޯދުންތަކަށް ބަލާއިން މިބޭހާއި އޭގެ ޖެނެރިކް ބްރޭންޑުތަކު ހުރިހާ އުފެއްދުމަކުން ވެސް ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ ނައިޓްރޯސޯޑިމެތީލަމައިން ނުވަތަ އެންޑީއެމްއޭ ފެނިފައިވެއެވެ.

 

މިއަދު އޮންލައިން