ފަތުރުވެރިކަމުގެ ދާއިރާގެ މެދު އަދި މަތީފަންތީގެ މަޤާމުތައް ދިވެހިންނަށް ހޯދައިދިނުމުގެ މަސައްކަތް ފަށައިފިން!: ފައްޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ފަތުރުވެރިކަމުގެ ދާއިރާގެ މެދު އަދި މަތީފަންތީގެ މަޤާމުތައް ދިވެހިންނަށް ހޯދައިދިނުމުގެ މަސައްކަތް ފަށައިފިން!: ފައްޔާޟް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މެދު އަދި މަތީފަންތީގެ މަޤާމުތައް ދިވެހިންނަށް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާކަމަށް އިޤްޠިޞާދީ ވަޒީރު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. 

ޓޫރިޒަމް ދުވަހާއި ގުޅުވައިގެން ބޭއްވި ޖޮބް ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ފައްޔާޟް ވިދާޅުވީ މެދު އަދި މަތީ ފަންތީގެ މަޤާމުތައް ދިވެހިންނަށް ނުލިބުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ސިޔާސަތުގެ މައްސަލަތައކެއްވެސް އެބަހުރި ކަމަށާއި އެކަންކަން ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި ގުޅިގެން ދިރާސާކުރަމުން ގެންދާ ކަމަށެވެ. 

ފައްޔާޟް ވިދާޅުވީ މަތީ ފަންތީގެ ވަޒީފާތައް ދިވެހިންނަށް ލިބުމުގައި ހުރަސްތަކެއް އެބަހުރި ކަމުގެ ޝަކުވާ އަބަދުވެސް އަންނަނީ ލިބެމުން ކަމަށާއި އެކަމުގެ ސަބަބުތައް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމަ އެއާއިއެކު މަތީ ފަންތީގެ ވަޒީފާތަކަށް ބޭނުންވާ ހުނަރު ދިވެހިންނަށް ހޯދާދެވިފައި ނެތްކަން ފާހަގަކުރައްވާ ކަމަށެވެ. 

ފައްޔާޟް ވިދާޅުވީ ވީހައި ގިނަ ދިވެހިން ވަޒީފާތަކަށް ނެރުމަށާއި ދިވެހިންނަށް ވަޒީފާގެ ފުރުޞަތު އިތުރުކުރަން ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާނެ ކަމަށެވެ. 

ވަޒީފާއެއް ލިބިއްޖެ ނަމަ އެވަޒީފާއެއް އަދާކުރުމުގައި ދިވެހިން ގެންދަނީ ސާބިތުކަން ދައްކަމުންނެވެ. ބޭރު މީހުންނަށްވުރެ ޤާބިލުކަން ލިބިގެންތިބިކަން ސާބިތުކޮށްދީ ދައްކައިދެމުންނެވެ.

 

މިއަދު އޮންލައިން