އެމްޓީސީސީ އަށް ދަނީ ފައިދާވަމުން: ސީއީއޯ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
އެމްޓީސީސީ އަށް ދަނީ ފައިދާވަމުން: ސީއީއޯ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ފައިދާވަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހް ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތަކެއް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން މިދިޔަ ޖުލައި މަހުން ފެށިގެން ކުންފުނި ހިނގަމުން ދަނީ ފައިދާގައި ކަމަށެވެ. 

އެމްޓީސީސީގެ މާލީ ހާލަތު މިދިޔަ ރިޔާސީ އިންތިހާބަށް ފަހުގައި އޮތީ ވަރަށް ދަށްކޮށްކަމަށާއި މަގާމާ ހަވާލުވި ފަހުން މިދިޔަ ޖޫން މަހާ ހަމައަށް ވެސް ދިޔައީ ކުންފުންޏަށް ގެއްލުންވަމުން، ކަމަށް ޝާހް ވިދާޅުވިއެެވެ. 

ޝާހު ވިދާޅުވީ އަހަރުގެ ފުރަތަމަ ކުއާޓާ އާއި ދެވަނަ ކުއާޓާގެ އެމްޓީސީސީއަށް ޕްރޮޖެކްޓުތައް ވެސް މަދު ކަމަށެވެ. އެހެންކަމުން ޕްރޮޖެކްޓުތައް ހޯދުމުގެ ގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި އަދި ހާއްސަކޮށް ރައީސުލްޖުމްހުރިއްޔާގެ ސަމާލުކަމަށް ޕްރޮޖެކްޓު ލިބުމުގެ މުހިންމުކަން ގެނައުމާއެކު ކުންފުންޏަށް ގިނަ އަދަދެއްގެ މަޝްރޫއުތައް މިހާރު ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

37 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީ އިން މިހާރު ވަނީ ހިންގަމުންނެވެ.

މިއަދު އޮންލައިން