ޒުވާނުންނަށް ހާއްސަކޮށްގެން ޓޫރިޒަމް ދާއިރާގެ ޖޮބްފެއާ ފަަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ޒުވާނުންނަށް ހާއްސަކޮށްގެން ޓޫރިޒަމް ދާއިރާގެ ޖޮބްފެއާ ފަަށައިފި

500 އަށްވުރެ ގިނަ ވަޒީފާއާއެކު ޒުވާނުންނަށް ހާއްސަކޮށްގެން ޓޫރިޒަމް ދާއިރާގެ ޖޮބްފެއާ ފަަށައިފިއެވެ.

67 ރިސޯޓް ބައިވެރިކޮށްގެން، ޓޫރިޒަމް މިނިސްޓްރީން އިންތިޒާމްކުރާ މި ޖޮބް ފެއާގައި ދިވެހިންނަށް ހާއްސަކޮށްގެން 500 އަށްވުރެ ގިނަ ވަޒީފާ ވަނީ ހުޅުވާލައިފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޖޮބްފެއާ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަމައެކަނި ޒުވާނުންނަށް ހާއްސަކޮށް ހުރި ވަޒީފާތަކާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ފެއާއެކެވެ.

މިފެއާ ބޭއްވުމަށް ބޭއްވި ހަފްލާގައި އިކޮނޮމިކް މިނިސްޓަރާއި ޓުރިޒަމް މިނިސްޓަރުގެ އިތުރުން އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިފެއާ ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއެވެ. 

މިއަދު އޮންލައިން