7000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ރާއްޖޭގައި މިއަދު ފަށައިފިއެވެ.
194 ސްކޫލެއްގައި މި އިމްތިހާން ބާއްވާއިރު މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އިމްތިހާން ކުރިއަށް ދާނެއެވެ.
އިމްތިހާނު ފެށުމުގެ ގޮތުން މި އަދާއި މާދަމާ އޮންނާނީ އެސްއެސްސީ އިމްތިހާނުގެ ދެމާއްދާ ކަމަށްވާ ދިވެހި މާއްދާ އަދި އިސްލާމް މާއްދާ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު އޭލެވެލް އިމްތިހާނު ވެސް ފަށާނެއެވެ.