އދ. ގެ ގައުމުތަކުގައި ނިއުކްލިއާ ހަތިޔާރު މަނާކުރުމުގެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވެ މިއަދު ސޮއިކޮށްފިއެވެ.
ނިއުކްލިއަ ހަތިޔާރު މަނާކުރާ މުއާހަދާގައި ރާއްޖޭން ސޮއިކުރީ އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދ.ގެ މައި އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މިމުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.
ނިއުކްލިއާ ހަތިޔާރު މަނާކުރާ މުއާހަދާގައި ބައިވެރިވާން ރާއްޖޭގެ ވަޒިރުންގެ މަޖިލީހުން ނިންމީ މިދިޔަ އޮގަސްޓް 27 ވަނަ ދުވަހު އެވެ. އަދި އެކަމަށް މަޖިލީހުން ރުހުން ދިނީ، މި މަހުގެ 3 ވަނަ ދުވަހު އެވެ.
ނިއުކްލިއަ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގައި ރާއްޖޭން ސޮއިކުރީ 1970 ގަ އެވެ.