މިހާރުގެ އަމާޒަކަށް ވާންވީ، ފަރުދުންގެ އިޤްތިޞާދަށް އެނގުންވާނެ ގޮތަށް ރަށު ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މިހާރުގެ އަމާޒަކަށް ވާންވީ، ފަރުދުންގެ އިޤްތިޞާދަށް އެނގުންވާނެ ގޮތަށް ރަށު ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުން: ރައީސް ޞާލިޙް

މިހާރު ދިވެހިންގެ އަމާޒަކަށް ވާންވީ، ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެވެސް ފުޅާ ގޮތެއްގައި، ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައި، ފަރުދުންގެ އިޤްތިޞާދަށް އެނގުންވާނެ ފަދައިން ރަށު ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ވުރެ ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނަންޖެހޭ ކަމަށެވެ. އަދި ވިޔަފާރި ފަތުރުވެރިކަމާއި، ޘަޤާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ، ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތައް ކަމަށާއި މީގެ ތެރޭގައި މި ޖަޒީރާތަކުގައި މުޑުވައްކޮށް އާލާކުރެވޭނެ ކިތަންމެ ބާވަތެއް ހުންނާނެކަން ކަށަވަރު ކަމަށެވެ.

ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ މިހާރަށްވުރެ ގިނަ ދާއިރާތަކުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވީހައި ގިނަ ތަފާތު ދާއިރާތަކުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅައު ކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން