އާއްމު މަޖިލީހުގެ ހަވާސާގައި ގިނަ ޤައުމުތަކެއްގެ ވެރިންނާއި ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އާއްމު މަޖިލީހުގެ ހަވާސާގައި ގިނަ ޤައުމުތަކެއްގެ ވެރިންނާއި ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފި

ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގެ ހަވާސާގައި ޚާރިޖީ ވަޒިރު އަބްދުﷲ ޝާހިދު ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާއި އެހެން ބައެއް އިސްވެރިންނާއި ބައްދަލުކުރައްވަމުން އެބަ ގެންދަވައެވެ. 

އެގޮތުން އެމަނިކުފާނު ވަނީ ޖަރުމަންވިލާތުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސްއާއި، ފިޖީގެ ޚާރިޖީ އަދި ދިފާޢީ ވަޒީރު އިނިއާ ސެރުއިރަތޫއާއި، އަޔަލެންޑްގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރ ސިއަރަން ކެނަންއާއި، މޯލްޓާގެ ޚާރިޖީ ވަޒީރު ކާމެލޯ އަބޭލާ އާއި، ބައްދަލުކުރައްވައިފައެވެ. 

އަންގާރަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އދގެ އާއްމު މަޖިލީހުގައި ތަޤްރީރްކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާއި ބެހޭ އެންމެ އިސްވެރިޔާ ފެޑެރިކާ މޮގަރިނީއާއި، ނޯވޭގެ ޚާރިޖީ ވަޒީރު ޑަގް އިންގެ އުލްސްޓައިންއާއިވެސް ބައްދަލުކުރައްވާފައެވެ. ހަމައެއާއިއެކު ކޮމޮރޮސްގެ ރައީސް އަޒާލީ އުސްމާނީއާއި އެޤައުމުގެ ޚާރިޖީ ވަޒީރު މުހައްމަދު އަލްއަމީން ސުއެފްއާއިވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. 

ބޫޓާންގެ ބޮޑުވަޒީރު ޑރ. ލޮޓޭ ޝެރިންގްއާއި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރީސް ޕެއިން، ސައޫދީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އާދިލް އަލް ޖުބެއިރް، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ވިވިއަން ބާލަކްރިޝްނަން، އިންޑޮނީޝިއާގެ ނައިބު ރައީސް ޔޫސުފް ކައްލާ އަދި އެޤައުމުގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއާއި މިނިސްޓަރ ޝާހިދު ވަނީ އާއްމު މަޖިލީހުގެ ހަވާސާގައި ބައްދަލުކުރައްވާފައެވެ.

މިއަދު އޮންލައިން