3 ހޮސްޕިޓަލެއްގެ ވޯޑުތައް އެއާކޮންޑިޝަން ކުރުމުގެ މަސައްކަތް ޙަވާލުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
3 ހޮސްޕިޓަލެއްގެ ވޯޑުތައް އެއާކޮންޑިޝަން ކުރުމުގެ މަސައްކަތް ޙަވާލުކޮށްފި

3 ހޮސްޕިޓަލެއްގެ ވޯޑުތައް އެއާކޮންޑިޝަން ކުރުމުގެ މަސައްކަތް ޙަވާލުކޮށްފި އެވެ.  

އެގޮތުން މިއަދު ޙަވާލުކޮށްފައިވަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމުގެ މަސައްކަތާއި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމުގެ މަސައްކަތާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމުގެ މަސައްކަތެވެ.

ލ.ގަން ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުން މަސައްކަތް ނިންމާ ގޮތަށް ޕްރޯ އޭސީ އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އާއިއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 90 ދުވަހުން މަސައްކަތް ނިންމާ ގޮތަށް އައިރިން އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާއިއެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 120 ދުވަހުން ނިންމާ ގޮތަށް ރެފްކޫލް އާއިއެވެ.

މީގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލް ނިއުވިންގް ޑިޒައިން ކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހެދުމުގެ މަސައްކަތް ވަނީ 40 ދުވަހުން ނިންމާ ގޮތަށް ރިޔަން ޕްރައިވެޓް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައެވެ. އަދި ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި ޕަވަރ ހައުސް އިމާރާތްކުރުން ވަނީ 67 ދުވަހުން މަސައްކަތް ނިންމާ ގޮތަށް އައިރިން އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކޮށްފައެވެ.

 

މިއަދު އޮންލައިން