މުދަލު ޒަކާތުން މާލޭގެ ކޮންމެ ފަގީރަކަށް ދެހާސް ރުފިޔާ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 52ސ
މުދަލު ޒަކާތުން މާލޭގެ ކޮންމެ ފަގީރަކަށް ދެހާސް ރުފިޔާ!

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތުގެ ފައިސާ ބަހަން ފަށައިފި އެވެ. 

މާލޭގެ ފަގީރުންގެ ގޮތުގައި މާލެއިން ރަޖިސްޓްރީވެފައިވާ 1716 ފަގީރުންގެތެރެއިން ކޮންމެ ފަގީރަކަށް 2000 ރުފިޔާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

މާލެއިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބެހުން ކުރިއަށްދާނީ މިއަދާ، މާދަމާ ހެނދުނު 9:30 ފެށިގެން 14:30 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ކިޔު ނަންބަރަކަށް ގިނަވެގެން ޒަކާތް ދޫކުރަން ހަމަޖެހިފައި ވަނީ 15 އައިޑީ ކާޑަށެވެ.

މާލެ ސިޓީގައި މިއަދު މުދަލު ޒަކާތް ބަހަން ފަށާފައި ވާއިރު، އަތޮޅު ތެރޭގައި އެ މަސައްކަތް ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަތޮޅު ތެރޭގައި މުދަލު ޒަކާތް ބަހަން ފެށިފައި ނުވަނީ، ފަގީރުންނާއި މިސްކީނުންގެ ލިސްޓަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު އޮންލައިން