މިދިޔަ އަހަރުގެ އެ އޮގަސްޓުމަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 16.6 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެމެރިކާ ބައްރުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 25.5 ޕަސެންޓަށް އިތުރުވެފައިކަމަށާއި މި މާކެޓަކީ ކުރިއަރަމުން އަންނަ މާކެޓަކަށްވާއިރު މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުންއައީ ޗައިނާއިންނެވެ. ދެވަނައިގައި އިންޑިއާ ދެވަނައިގަ އުޅޭއިރު ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރީ އިޓަލީންނެވެ.