ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމުގެ ސަބަބުން ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ވާން ސަރުކާރުން ދިން ފުރުސަތުގެދަށުން މިހާތަނަށް 300 ބިދޭސީން ރަޖިސްޓްރީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ވާން ސަރުކާރުން ދީފައިވަނީ 6 މަސް ދުވަހުގެ މުއްދަތެވެ. އަދި ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެނައުން އެއް އަހަރު ދުވަހަށް މަޑުޖައްސާލުމަށްވެސް ވަނީ ނިންމާފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސީން އުޅޭ ކަމަށް ލަފާކުރެވޭއިރު އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީނަށް ވަޒީފާއެއް ހޯދަން ހަ މަސް ދުވަސް ދެ އެވެ.
މަޖީދީ މަގުގައި ކުރިން ޕީޖީ އޮފީސް ހިންގި އިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލާފައެވެ.