އިޒްރޭލާ ފަލަސްޠީނުގެ މައްސަލަ ހައްލުކުރަން އދ ވަނީ ނުކުޅެދިފަ: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އިޒްރޭލާ ފަލަސްޠީނުގެ މައްސަލަ ހައްލުކުރަން އދ ވަނީ ނުކުޅެދިފަ: ރައީސް ޞާލިޙް

އިޒްރޭލާ ފަލަސްޠީނުގެ މައްސަލަ ހައްލުކުރަން އދ ވަނީ ނުކުޅެދިފައިކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަންބޮޑުވުން ފައުޅު ކުރައްވައިފިއެވެ. 

އދގެ ޖެނެރަލް އެސެމްބްލީގައި ތަޤްރީރުކުރައްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރައްވާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއިއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމަށެވެ.   

މީގެ އިތުރުން އެމަނިކުފާނު ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ޤަވާއިދާ ޚިލާފަށް އަރައިގަނެ ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

 

މިއަދު އޮންލައިން