ފިޝަރީޒް މިނިސްޓްރީން މ. ދިއްގަރުގައި މަހުގެ އުފެއްދުންތައް މާކެޓު ކުރުމާބެހޭ ޕްރޮގްރާމެއް ބާއްވައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މިޕްރޮގްރާމްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް އުފައްދަން ކުރަން ޖެހޭ މަސައްކަތާއި، އުފެއްދުންތަކުގެ އަގު ކަނޑައަޅާނެ ގޮތާއި ޕެކޭޖިން އާއި ލޭބަލްގެ މުހިންމުކަމާއި މަހުގެ ކޮލިޓީ ދެމެހެއްޓުން ފަދަ ދާއިރާތަކުން މައުލޫމާތު ދީފައިވާކަމަށެވެ. އަދި މީގެއިތުރުން މިޕްރޮގްރާމްގައި ބައިވެރިންނަށް ކިޔައިދިން ކަންކަމުގެ ތެރޭގައި އުފެއްދުންތައް މާކެޓްކުރުމާއި ކުދި ވިޔަފާރީގެ ހިސާބު ބަލަހައްޓާނެ ގޮތް ހިމެނެއެވެ.
މި މަހުގެ 19-21 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މ. ދިއްގަރުން ނުވަ މީހުން، އަދި މ. ކޮޅުފުށީގެ ދެ މީހަކު ބައިވެރިވިއެވެ.
މ. ދިއްގަރުގައި ކުރިޔަށް ގެންދިޔަ ވެލިއު އެޑެޑް ފިޝަރީޒް ޕްރޮޑަކްޓްސް މާކެޓްކުރުމުގެ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި. މި ތަމްރީނު ޕްރޮގްރާމްގައި މ. ދިއްގަރުން 9 ބައިވެރިން އަދި މ. ކޮޅުފުށިން 2 ބައިވެރިން ތަމްރީނު ކުރެވުނު. pic.twitter.com/HuzpYmahRe
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) September 22, 2019