ފަގިރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މާލޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މާދަމާ މުދަލު ޒަކާތް ބެހުމަށް އިސްލާމިކް މިިނިސްޓްރީން ނިންމައިފިއެވެ.
މިކަމާގުޅިގެން އިސްލާމިކް މިިނިސްޓްރީން ބުނެފައިވަނީ މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ 25 އަދި 26 ގައި އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށާއި ރަށް ރަށުގައި މުދަލު ޒަކާތް ބަހާނެ ދުވަސްތައް ކަނޑައަޅައި އެކަމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުންކަމަށެވެ.
މުދަލު ޒަކާތް ބެހުމުގެ ކަންތައްތައް ކުރިޔަށްދާނީ 25 އަދި 26 މި ދެ ދުވަހު ހެނދުނު 09:30 އިން މެންދުރު ފަހު 14:30 އަށެވެ.