މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ފިލައިފިއެވެ.
އެނގިފައިވާ ގޮތުގައި މިމައްސަލައިގައި ފިލާފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެ ހަވީރު 17:15 ހާއިރު މ.ކޮޅުފުށިން ކަމަށެވެ.
އެމީހާ މިހާރު ފިލާފައިވާ ކަމަށް މައުލޫމާތު ލިބިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.
މިމައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.