ވިޔަފާރިއާއި ތައުލީމީ ދާއިރާއިން ދިވެހިރާއްޖެ އާއި ކެނެޑާގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ އެމެރިކާގެ ނިއު ޔޯކުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖޮން ކްރެޓިއެންއާއެކުއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި، ވިޔަފާރިއާއި ތައުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި ކެނެޑާގެ ގުޅުން ބަދަހިކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ ނިއުޔޯކްގައި މިހާރު ކުރިއަދާ އދގެ 74 ވަނަ އާއްމު މަޖިލީހުގެ ހަވާސާގައެވެ.