ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ބޯޑު އަލުން އެކުލަވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސް ބޭފުޅަކު މިއަދު އައްޔަންކުރައްވައިފިއެވެ.
ޕީސީބީގެ ބޯޑު އަލުން އެކުލަވާލާފައިވާއިރު އެ ބޯޑުގެ ރައީސް ކަމަށް ހަމަޖައްސަވާފައިވަނީ ހަސަން ވަހީދެވެ. ނައިބު ރައީސްގެ މަގާމަށް އައްޔަންކޮށްފައިވަނީ އާސިމް މުހައްމަދެެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕީސީބީގެ ބޯޑު އަލުން އެކުލަވާލާފައިމިވަނީ އެ ބޯޑު އަލުން އެކުލަވާލަން ރައްޔިތުންގެ މަޖިލީހުން ރައީސް އަށް ލަފާ ދެއްވާފައިވަނިކޮށެވެ. ޕީސީބީ ބޯޑު މެމްބަރުން ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ލިބެނީ ރައީސަށެވެ. ނަމަވެސް އެ މެމްބަރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވަން ޖެހެއެވެ.
ޕީސީބީގެ ރައީސްކަމުގެ މަގާމުގައި މީގެކުރިން ހުންނެވީ މުހައްމަދު ނިޒާރެވެ.