އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންނާ ފޮރިން މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 56ސ
އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންނާ ފޮރިން މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންނާއްދަލު ކުރައްވައިފިއެވެ.

ރައީސް ސޯލިހް އާއިއެކު އދގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އަންޑާ ސެކްރެޓަރީ އޮފް ސްޓޭޓް ޑޭވިޑް ހޭލް އާއި އެކްޓިންގް އެސިސްޓަންޓް ސެކްރެޓަރީ ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއާ އެލައިސް ވެލްސްއާއި ބައްދަލު ކުރައްވާފައި ވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިބައްދަލުކުރެއްވުމުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި، ސުލްހައާއެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމާއި، އިގްތިސާދީ ތަރައްގީގެ އިތުރުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެމެރިކާގެ އެހީތެރިކަން ދިނުމާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

މީގެ ކުރިން މިނިސްޓަރު ޝާހިދު ވަނީ އެމެރިކާއަށް ވަޑައިގެން އެގައުމުގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާވެސް ބައްދަލުކުރައްވައިފައެވެ.

 

މިއަދު އޮންލައިން