ފުރާނަ އަތްމައްޗަށް ލައިގެން ރޭ ހިތްވަރުކުރި އެންމެންނަށް ޝައިޚް ޢަލީ ޒައިދުގެ ތަޢްރީފް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފުރާނަ އަތްމައްޗަށް ލައިގެން ރޭ ހިތްވަރުކުރި އެންމެންނަށް ޝައިޚް ޢަލީ ޒައިދުގެ ތަޢްރީފް!

ރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާ އާއި ގުޅިގެން ފުރާނަ އަތްމައްޗަށް ލައިގެން ހާދިސާ އާއި ކުރިމަތިލައި ހިތްވަރުކުރި އެންމެންނަށް ޝައިޚް ޢަލީ ޒައިދު ވަރަށް ބޮޑަށް ތަޢްރީފް ކުރައްވައިފިއެވެ. "ރޭގެ ހާދިސާ އާއި ގުޅިގެން ހިތްވަރުކޮށް ފުރާނަ އަތަށް ލައިގެން ހާލަތުން ސަލާމަތްކުރުމަށް މަސައްކަތްކުރި އެންމެންނަށް ﷲ ތަޢާލާ ހެޔޮ ޖަޒާ ދެއްވާށި! އާމީން."

ގޯލިތައް ހަނިވެފައި ސައިކަލްތައް ޕާކުކޮށްފައި ހުރުމުން ދަތިތައް ކުރިމަތިވިކަން ފާހަގަކުރައްވައި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިއީ ވަސީލަތް ހޯދައި ކުރިއަށް ތައްޔާރުވާން ޖެހޭ މައްސަލައެއް ކަމަށެވެ.

ދަތި ތަންތަނުގައި ހިނގާ މިފަދަ ހާދިސާތަކުގައި ބޭނުންކުރާނެ ޚާއްޞަ ވަސީލަތްތައް މިހާރު ވަނީ އުފައްދައިފައެވެ. ދުރުގައި ވެހިކަލް މަޑުކޮށްލުމަށްފަހު ޚިދުމަތް ދެވޭނެ އުޅަނދުތައް ދަނީ ބޭނުންކުރަމުންނެވެ. ޔޫއޭއީ އާއި އެހެންވެސް ގިނަ ޤައުމުތަކުގައި ގެންދަނީ އެފަދަ ވެހިކަލްތައް ބޭނުންކުރަމުންނެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.

"ރޭގަ އަލިފާނުގެ ހާދިސާ އާ ގުޅިގެން ވަޒީރުންގެ މަޖްލީހުން ވަނީ ކުރިއަށް އޮތްތަނުގައި މިފަދަ ހާދިސާތައް ތަކުރާރުވިއަ ނުދިމަށް އަޅުއްވަންޖެހޭ ފިޔަޅުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އަދި މިހާރު މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ކެމިކަލްފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށްގެންދަވާނެ ޕްލޭނެއް ވީހާ އަވަހަކަށް އެކުލަވާލެއްވުމަށް ވެސް ވަޒީރުންގެ މަޖްލީހުން ނިންމެވި."—ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހޫދު

މިއަދު އޮންލައިން