ރައީސް ޞާލިޙް އެމެރިކާއަށް ފުރާވަޑައިގަތުން ހަވީރަށް ފަސްކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރައީސް ޞާލިޙް އެމެރިކާއަށް ފުރާވަޑައިގަތުން ހަވީރަށް ފަސްކުރައްވައިފި

އދގެ ޖަލްސާގައި ތަޤްރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމެރިކާއަށް ފުރާވަޑައިގަތުން މިއައދު ހަވީރަށް ފަސްކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ މިއަދު ހެނދުނު ފުރާވަޑައިގަންނަވާ ގޮތަށް ކުރިނަ ހްމްޖެހިފައި އޮތް ނަމަވެސް ހަވީރަށް ފަސްކުރެއްވީ ރޭ ހިނގައި ދިއަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ސަރުކާރުން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖެއްސެވުމަށް ކަމަށެވެ.

ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ އާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ވަނީ ހާދިސާ ހިނގިތަނަށް ވަޑައިގެން ކަންކަން ބެއްލެވުމުގެ އިތުރުން ޙާލުގައި ޖެހުނު މީހުންނަސް ހިޔާވަހިކަން ދިން ކަލާފާނު ސްކޫލަށް ވަޑައިގެން ހާލުގައި ޖެހުނު މީހުންނާއިވެސް ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމަންޓުން ކަންކަން އިންތިޒާމުކޮށްފައިވާ ގޮތް ވެސް ބައްލަވައިލައްވައިފައެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން ރައީސް އޮފީހުން އިންތިޒާމުކުރާ ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 4.30 ގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން