އަލިފާން ހިފާފައިވާ އިމާރާތްތަކުން އެއް ގުދަން ފިޔަވައި އެހެން ތަންތަނުގެ އަލިފާން މިހާރު ނިއްވާލެވިފައިވާ ކަމަށާއި އެތަނުގެ އަލިފާންވެސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އަލިފާން ހިފާފައިވާ ސަރަހައްދު ބައްލަވައިލެއްވެވުމަށްފަހު ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި އަދި ޚަބަރެއް ނުވާ އަންހެނަކު އެބަވާ ކަމަށާއި އޭނާ އުޅޭގެ އެތައް ފަހަރަކު ބެލިފައިވާ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށެވެ.
މާދަމާއަކީ ރައީސް އދގައި ތަޤްރީރުކުރައްވަން ފުރާވަޑައިގަންނަވަން ހަމަޖެހިފައި އޮތް ދުވަސްކަމަށްވުމުން މިރޭގެ ހާދިސާ އާއި ގުޅިގެން ވަޒީރުގެ ބައްދަލުވުމެއް މިރޭ ބާއްވާނެ ކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ. މިފަދަ ހާދިސާއެއް ތަކުރާރުވިއަ ނުދިނުމަށް އެޅެން ހުރި ފިޔަވަޅުތަކާއިމެދު މިރޭގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށް ވަނީ ބެލެވިފައެވެ.
އެމްއެންޑީއެފުން ދާދި ދެންމެ ބުނީ 7 އިމާރާތަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ.