މިހާރު ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަނިޔާ އާއި ގެއްލުން ލިބުނު މީހުންނަށް ހަމަދަރުދި ފޮނުއްވައިފިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުގެ ކަމާއިބެހޭ ހުރިހާ މުއައްސަސާތަކުގެ ޓީމުތަކުން ދަނީ ޙަރަކާތްތެރިވަމުން ކަމަށެވެ. އެހީތެރިކަން ބޭނުންވާ އެންމެންނަށް ޓީމްތަކުން އެހީތެރިވެދޭނެ ކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
މިފަދަ ހާދިސާއެއް ހިނގުމުން ހަރަކާތްތެރިވުމުގެ ޤާބިލުކަން ރާއްޖޭގައި ހުރި މިންވަރުން ހުރިހާ ޓީމްތައްވެސް ދަނީ ވަރަށް ފުރިހަމައަށް ހަރަކާތްތެރިވަމުންނެވެ.