ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ރައީސް އޮފީހުން މިއަދު އާންމު ކޮށްފި އެވެ.
ރައީސް އޮފީހުން އާންމު ކުރި މިލިސްޓްގައި 17 ޖަމާއަތެއްގެ ނަން ހިމެނޭއިރު މީގެ ތެރޭގައި ހިމެނޭ ޖަމާއަތްތަކަކީ ސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)، އަލް ޤައިދާ، ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)، ލަޝްކަރޭ ޠައިބާ، އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ، އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް، އަބޫ ސައްޔާފް ގްރޫޕް، ބޮކޮ ހަރަމް/ ބޯކޯ ހަރަމް، އަލް ޝަބާބް، އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް، ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)، ޙަރަކާތުލް ޖިހާދު އަލް އިސްލާމީ، ޖައިޝޭ މުޙައްމަދު، އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)، ނޭޝަނަލް ތައުޙީދް ޖަމާޢަތް، ޖަމާޢަތު މިއްލަތޭ އިބްރާހީމް އަދި ވިލާޔަތް އަލް ސޭލާނީ އެވެ.
މިލިސްޓް ސަރުކާރުން މިއަދު އާންމު ކުރަން ނިންމެވީ، ފޮރުވާފައި ބާއްވަން ޖެހޭ އެއްޗެއް ނޫން ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ރައިސް މިއަދު ވަނީ ވިދާޅުވެފައެވެ.