މި 5 އަހަރު ކޯލިޝަން ސަރުކާރު ދެމިއޮންނާނެ!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
މި 5 އަހަރު ކޯލިޝަން ސަރުކާރު ދެމިއޮންނާނެ!: ރައީސް ޞާލިޙް

ރާއްޖޭގައި މިއޮތީ ކޯލިޝަން ސަރުކާރެއް ކަމަށާއި މި 5 އަހަރު ކޯލިޝަން ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކޮލިޝަން ލީޑަރުންގެ ބައްދަލުވުމެއް އަންނަ މަހު ކުރީކޮޅު ބޭއްވޭނެ ކަމަށެވެ. އަދި ބައެއް ލީޑަރުންގެ ޚިޔާލުތަފާތުވުން ހުރި ނަމަވެސް ސަރުކާރު ހިންގުމުގައި އެއްވެސް ހުރަހެއް ނެތްކަމަށާއި އެއްބާރުލުން ދަނީ ލިބެމުން ކަމަށެވެ. 

ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް ނުބޭއްވޭތާ މިހާރު އަހަރެއްހައި ދުވަސްވާން ގާތްވެފައި އޮތްއިރު ކުރަމުން ބުނަމުން އައީ މަހަކު އެއް ފަހަރު ބައްދަލުވުން ބާއްވާނެ ކަމަށެވެ.

 

މިއަދު އޮންލައިން