ރައީސް ޞާލިޙް ރައީސް ނަޝީދަށް!: މަސައްކަތް ބާރަށް އެބަ ކުރިއަށް ގެންދަން! މިހާރުވެސް 67 ރަށުގަ 77 އާ މަޝްރޫޢު ފަށައިފިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ރައީސް ޞާލިޙް ރައީސް ނަޝީދަށް!: މަސައްކަތް ބާރަށް އެބަ ކުރިއަށް ގެންދަން! މިހާރުވެސް 67 ރަށުގަ 77 އާ މަޝްރޫޢު ފަށައިފިން!

ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ބާރަށް އެބަ ކުރިއަށް ގެންދަވާ ކަމަށާއި މިހާރުވެސް 67 ރަށުގައި 77 އައު މަޝްރޫޢު ފަށައިގެން ކުރިއަށް ގެންދެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދެވޭ ވަރަށް ސަރުކާރުގެ މަސައްކަތް ކުރިއަށް ނުގެންދެވޭކަން ފާހަގަކުރައްވައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.  

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ތާރީޚަށް ބެލި ނަމަވެސް މަޖިލީހަށް ސަރުކާރުން އެންމެ ބޮޑަށް އެއްބާރުލުން ދެމުން ގެންދަނީ އެމަނިކުފާނުގެ ސަރުކާރުން (މިހާރުގެ ސަރުކާރުން) ކަމަށެވެ.  

މީގެ އިތުރުން ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ދެމެދު އެއްވެސް މައްސލައެއް އުފެދިފައި ނެތް ކަމަށާއި ކަންކަމުގައި މިހާރުވެސް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިއަދު އޮންލައިން