ޤާނޫނާ ޚިލާފަށް މަސައްކަތްކުރާ ބައިލައްކަ ބިދޭސީން ނަށް ޤާނޫނުގެ ތެރެއަށް ވަނުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޤާނޫނާ ޚިލާފަށް މަސައްކަތްކުރާ ބައިލައްކަ ބިދޭސީން ނަށް ޤާނޫނުގެ ތެރެއަށް ވަނުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައިފި

ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ޤާނޫނާ ޚިލާފަށް މަސައްކަތްކުރާ ބައިލައްކަ ބިދޭސީން ނަށް ޤާނޫނުގެ ތެރެއަށް ވަނުމުގެ ފުރުޞަތު އިކޮނަމިކް މިނިސްޓްރީން އަނެއްކާވެސް ހުޅުވާލައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގް ގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އިކޮނަމިކް މިނިސްޓްަރ ވިދާޅުވީ ''މި ހުޅުވާލަނީ ރެގިއުރައިޒޭޝަން ނުވަތަ ގާނޫނުގެ އިމަށް ވައްދައި ދައުލަތައް ވެސް ލިބެންވާ ފައިސާ ލިބި އަދި ގާނޫނީ އިމުގެ ތެރޭގައި އެ މީހުނަށް ވެސް ލިބެންޖެހޭ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ރެގިއުލައިޒޭޝަން ޕްރޮގްރާމެއް މި ފަށަނީ،" ކަމަށެވެ.

އިކޮނަމިކް މިނިސްޓްޜީން ބުނެފައިވަނީ މިޕްރޮގްރާމްގެ ދަށުން ރެގިއުލަރަޒް ވެވޭނީ އެއްވެސް އިރެއްގައި ރާއްޖޭގައި މަސައްކަތް ކުރުމަށް 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކޮށްފައިވާ ބިދޭސީންނަށެވެ. އެއްވެސްއިރެއްގައި 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކުރެވިގެން ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ތެރެއިން ކާކުކަން އަންގައިދޭ ލިޔުމެއް ނެތް ފަރާތްތަކަށްވެސް އެ ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ކުރުމަށް ހުށަހެޅޭނެ އެވެ.

ވަޒީފާ ދޭނެ ފަރާތެއް ލިބި ރެގިއުލަރައިޒްވާން އެދޭ ބިދޭސީން ރެގިއުލަރައިޒްކުރުމަށް ހުށަހަޅަންޖެހެނީ 'އެކްސްޕެޓް އޮންލައިން ސިސްޓަމް' މެދުވެރިކޮށް ވަޒީފާދޭ ފަރާތުންނެވެ.

 

މިއަދު އޮންލައިން